މި ލިޔުމުގައި ބަލާލާނީ ނައުން ފާހަނގަ ކުރާނެ ގޮތާއި އަދަދު ހިމެނޭ ނައުން(ކައުންޓް ނައުން) އާއި، މާސް އަދި ކަލެކްޓިވް ނައުން އަށާއި ޕްލޫރަލް އަދި ޕޮސެސިވް ނައުން ތަކަށެވެ.
ނައުން ފާހަނގަ ކުރުން (ނައުން އައިޑެންޓިފިކޭށަން)
ނައުން އަކީ ކޮން އެއްޗެއް؟
ނައުން އަކީ މީހަކަށް، އެއްޗަކަށް، ތަނަކަށް، ސިފަޔަކަށް، ފިކުރަކަށް ނުވަތަ ހަރަކާތަކަށް ނިސްބަތް ކުރެވޭ ނަންތަކެވެ.
މިސާލު:
މީހެއް: މާރިޔާ، ސޭމް
އެއްޗެއް: ޑެސްކް، ޕެން (ގަލަން)
ތަން: މޯލްޑިވްސް، އައްޑޫ، ޕާކް.
ސިފަ: ބޮޑުމިން،
ފިކުރު: މިނިވަންކަން، ހައްގު.
ހަރަކާތް: ދަތުރު.
މިލިޔުމުގައިވާ ނައުން ތަކަކީ ކޮބާ: މާރިޔާ ވެންޓް ޓު ދަ ސިޓީ ޓު ބައި ޑިޓާޖެންޓް.
ނައުން ތަށް: މާރިޔާ، ސިޓީ، ޑިޓާޖެންޓް.
ކައުންޓް ނައުން:
ކައުންޓް ނައުން އޭ ބުނެވެނީ ގުނާލެވޭ ކޮންމެ ނައުން އަކަށެވެ:
މިސާލު: ކާރ، ކާރސް، ޗެއާ، ޗެއާސް، ފިޝް، ފިޝެސް،
ޕޮސެސިވް ނައުން:
ޕޮސެސިވް ނައުން އޭ ބުނެވެނީ އެ ނައުން އެއްގެ ވެރިފަރާތަށް ވަކި ކަމެއް ހާއްސަ ކުރެވޭ ހާލަތްތަކުގައެވެ.
މިސާލު:
ދަ ލައިފް އޮފް މާރިޔާ. (މާރިޔާގެ ހަޔާތް)
އަލީސް ޕެން. (އަލީގެ ގަލަން)
ޕްރޮނައުން:
ޕްރޮނައުން ބޭނުން ކުރެވެނީ އަސްލު ނައުން ނޭނގޭ ފަހަރު ތަކުގައްޔާއި، އަސްލު ނައުން އެއްފަހަރު ބޭނުން ކުރެވި އިތުރަށް ތަކުރާރު ނުކުރުމުގެ ބޭނުމުގައެވެ.
މިސާލު:
މާރިޔާގެ ބަދަލުގައި ޝީ.
މާކަސް ގެ ބަދަލުގައި ހީ.
ޕްރޮނައުން ގެ ގޮތުގައި ބޭނުންކުރެވޭނެ ބަސްތަކަކީ: އައި، ޔޫ، ހީ، ޝީ، އިޓް، ވީ، ދޭ، ހޫ.
މިސާލު:
ހީ ގޭވް ހާ މަނީ
ވީ ގޭވް އިޓް ޓު ހާ.