އިގިރޭސި ބަހުގައިވާ ހުރިހާ ބަސްތަކެއްވެސް ވަނީ ތަފާތު ބައިތަކަކަށް ބަހާލެވިފައެވެ. މި ލިޔުމުގައި ބަލާލާނީ އޭގެ ތެރެއިން ދެބަޔަކަށެވެ. އެއީ ނައުން އާއި ވާބް އެވެ. އިގިރޭސި ޑިކްޝަނަރީގައި ހިމެނޭ އެންމެ ގިނަ ބަސްތަށް ހިމެނެނީ މި ދެބައި ގައެވެ.
ނައުންއޭ ބުނެވެނީ މީހަކަށް ނުވަތަ ތަނަކަށް ނުވަތަ އެއްޗަކަށް ނިސްބަތް ކުރެވޭ ބަސްތަކަށެވެ. މިސާލު: އަހުމަދު، އިންޑިޔާ، ޕިއްޒާ، ސީ (މޫދު)، ޓްރީ (ގަސް)،
’އަހުމަދު‘ މިއީ ނައުން އެކެވެ. ސަބަބަކީ މިބަސް ރައްދު ކުރެވެނީ މީހަކަށް ވުމެވެ.
’ޕިއްޒާ‘ މިއީވެސް ނައުން އެކެވެ. ސަބަބަކީ މި ބަސް ރައްދު ކުރެވެނީ އެއްޗަކަށް ވުމެވެ.
ވާބް އޭ ބުނެވެނީ އިގިރޭސި ބަސްތަކުގެ ތެރެއިން ހަރަކާތް، ނުވަތަ ކަންކަމަށް، ނުވަތަ ތަޖްރިބާ ތަށް ރަމްޒުކޮށްދޭ ބަސްތަކަށެވެ. މިސާލަކަށް:
ވޯކް (މަސައްކަތް)، އީޓް (ކެއުން)، ޓަޔަޑް (ވަރުބަލިވުން)، ހާރޓް (ތަދު ވުން)
ހަމައެކަނި ނައުން އަކާއި ވާބް އެއް ބޭނުން ކޮށްގެން ހިޔާލެއް ފާޅު ކުރެވިދާނެ އެވެ. މިސާލު:
އައި ވޯކް (އަހަރެން މަސައްކަތް ކުރަމެވެ.)
ޓޭކް ޓޫ (ދެ ނަމްބަރު ނަގާށެވެ.)
ބިގް މޭން (ބޮޑު މީހާ)