އިގިރޭސި ބަސް ލިޔުމަށް ބޭނުން ކުރަނީ ލެޓިން އަކުރެވެ. މި އަކުރު ފުރަތަމަ ބޭނުން ކުރަން ފަށާފައި ވަނީ މީގެ 2700 އަހަރު ކުރިން ރޯމް ގައެވެ. މިހާރު އަކުރަކީ ދުނިޔޭގެ 70 ޕަސެންޓް މީހުން ލިޔުމަށް ބޭނުން ކުރާ އަކުރެވެ. އަދި މިއީ ދުނިޔޭގެ 131 ގައުމުގެ ރަސްމީ އަކުރުވެސް މެއެވެ.
އިގިރޭސި ލިޔުމަށް ބޭނުން ކުރަނީ މުޅިއެކު 26 އަކުރެވެ. މިއީ ފިލިތަށް ވެސް ހިމަނައިގެންނެވެ. ތިރީގައި މިވަނީ އެ އަކުރުތަކެވެ.
އޭ Aa – ، ބީ Bb – ، ސީ Cc – ، ޑީ Dd – ، އީ Ee – ، އެފް Ff – ، ޖީ Gg – ، އެޗް Hh – ، އައި Ii – ، ޖޭ Jj- ، ކޭ Kk – ، އެލް Ll – ، އެމް Mm – ، އެން Nn – ، އޯ Oo – ، ޕީ Pp – ، ކިއު Qq – ، އާރު Rr – ، އެސް Ss – ، ޓީ Tt – ، ޔޫ Uu – ، ވީ Vv – ، ޑަބްޔޫ Ww – ، އެކްސް Xx – ، ވައި Yy – ، ޒެޑް/ޒީ Zz –
ފިލީގެ ގޮތުގައި ބޭނުން ކުރާ އަކުރު ތަކަކީ:
އޭ Aa – ، އީ Ee – ، އައި Ii – ، އޯ Oo – ، ޔޫ Uu –