en
  • ސައިންސް އާއި ޓެކްނޮލޮޖީ
  • ތާރީހް
  • އިގިރޭސި ފަރިތަކުރުން
Kurimagu
  • ސައިންސް އާއި ޓެކްނޮލޮޖީ
  • ތާރީހް
  • އިގިރޭސި ފަރިތަކުރުން
Kurimagu
Home އިގިރޭސި ފަރިތަކުރުން

އިނގިރޭސި ފިލާވަޅު: ޕިކްނިކް ދަތުރު

މިދިޔަ ހުކުރު ދުވަހު އަހަރެން ޕިކްނިކަށް ދިޔައީމެވެ.

 

މި ޑައިލޮގް އިނގިރޭސި ބަހުން ބުނާނީ ކިހިނެތް؟

މި ދިޔަ ހުކުރު ދުވަހު = ލާސްޓް ފްރައިޑޭ (Last Friday)

އަހަރެން = އައި (I)

ޕިކްނިކަށް = ޕިކްނިކް (picnic)

ދިޔައީމެވެ. = ވެންޓް (went)

 

ބަސްތަށް އިނގިރޭސި ބަހުން ތަރުތީބު ކުރާ ގޮތާއި ދިވެހި ބަހުން ތަރުތީބު ކުރާ ގޮތް ތަފާތު ވާނެ އެވެ. އިނގިރޭސި ބަހުގައި އަބަދުވެސް ހަރަކާތް ރައްދުވާ ފަރާތް ގެންނަން ވާނީ އެ ހަރަކާތަކަށް ފަހުގައެވެ. މިސާލަކަށް

ދިވެހި ބަހުން: ޕިކްނިކަށް ދިޔައީމެވެ. (picnic went to)

އިނގިރޭސި ބަހުން: ދިޔައީމެވެ ޕިކްނިކަށް. (went to picnic)

 

މި ޑައިލޮގް ގައި ހަރަކާތް ރައްދު ވަނީ ޕިކްނިކް އަށް، އެހެން ކަމުން ދިވެހި ބަހުން ލިޔާއިރު ރައްދުވާ ފަރާތް (ޕިކްނިކް) އަންނާނީ މަތީގައި އެވާ ގޮތަށް ހަރަކާތުގެ ކުރިއަށެވެ. ނަމަވެސް އިނގިރޭސި ބަހުން ލިޔާ އިރު ލިޔަން ވާނީ (ނުވަތަ ވާހަކަ ދައްކާއިރު ބުނަން ވާނީ) ހަރަކާތަށް ފަހުގައެވެ.

 

ލާސްޓް ފްރައިޑޭ އައި ވެންޓް ޓު ޕިކްނިކް. (Last Friday I went to picnic)

 

ޓިޕް: މި ޑައިލޮގް މިގޮތަށް ވެސް ބުނެވިދާނެ: އައި ވެންޓް ޓު ޕިކްނިކް ލާސްޓް ފްރައިޑޭ (I went to picnic last Friday)

 

 

  • ސައިންސް އާއި ޓެކްނޮލޮޖީ
  • ތާރީހް
  • އިގިރޭސި ފަރިތަކުރުން