މަންގަލްޔާން ނުވަތަ މާސް އުޅަނދު (މި ބަސް އައިސްފައި ވަނީ ސާންސްކްރިކްޓް ބަހުންނެވެ. މަންގަލަ އެއީ މާސް އެވެ. އަދި ޔާނާ އެއީ އުޅަނދެވެ.) މިއީ އިންޑިޔާ އިން މާސްގެ އޯބިޓަށް ފޮނުވި އުޅަނދެކެވެ. މި އުޅަނދު ފޮނުވާފައި ވަނީ 5 ނޮވެމްބަރ 2013 ވަނަ ދުވަހު އެވެ. މިއީ މާސްގެ ތަހުލީލުތަށް ކުރުމަށް އިންޑިޔާގެ ސްޕޭސް ރިސާޗު އޯގަނެއިޒޭޝަން (އައި އެސް އާރް އޯ) އިން މާސް އަށް ފޮނުވި ފުރަތަމަ އުޅަނދެވެ.
މި އުޅަނދު ލޯންޗު ކޮށްފައި ވަނީ ސަތިޝް ދަވަން ސްޕޭސް ސެންޓަރުގެ ލޯންޗު ޕެޑުންނެވެ. 298 ދުވަހުގެ ދަތުރަކަށް ފަހު މާސްގެ އޯބިޓާއި ހިސާބަށް ދެވުނީ 24 ސެޕްޓެމްބަރ 2014 ވަނަ ދުވަހު އެވެ. މި އުޅަނދުގައި ފަސް ސައިންޓިފިކް އާލާތެއް ހިމެނެއެވެ. މިހާރު މި އުޅަނދު މޮނިޓާ ކުރަމުން ދަނީ ބެންގަލޫރުގެ އައި އެސް އާރް އޯގެ ޓްރެކިން އެންޑް ކޮމާންޑް ނެޓްވޯކުންނެވެ.
މިޝަނުގެ މަގުސަދު
މި މިޝަނުގެ މަގުސަދަކީ ދޭދޭ ޕްލެނެޓް ތަކުގެ ދަތުރުތަށް ކުރާނެ ޓެކްނޮލޮޖީ އާއި އެފަދަ ދަތުރު ތަކުގެ އޮޕަރޭޝަންތަށް ޕްލޭން ކޮށް، މެނޭޖް ކޮށްގެން ކުރިއަށް ގެންދާނޭ އިލްމު ހޯދުމެވެ. މި މިޝަނުގެ ދެވަނަ މަގުސަދަކީ މާސްގެ ބިންގަނޑު ތަހުލީލު ކުރުމާއި، ވައިގެ ފަށަލަ ދިރާސާ ކުރުމެވެ. މި މިޝަނުގެ ދިގުމިނަކީ 6 މަސް ދުވަހެވެ. ނަމަވެސް މި އުޅަނދު މިއަދާއި ހަމަޔަށް ވެސް ދަނީ ބޭނުން ކުރެވެމުންނެވެ. (5 އަހަރު، 11 މަސް)
ޓައިމްލައިން
24 ސެޕްޓެމްބަރ 2014: 40 ކިލޯގެ ލިކުއިޑް ފިއުލް އާއި އެކު މާސްގެ އޯބިޓަށް ވެއްދުން.
28 ސެޕްޓެމްބަރ 2014: މާސް ކަލާ ކެމެރާއިން (އެމް ސީ ސީ) ނެގި މާސްގެ ފުރަތަމަ ފޮޓޯ އާންމު ކުރުން.
7 އޮކްޓޯބަރ 2014: އުޅަނދާއި ދިމާލަށް އައި ކޮމެޓަކުން ކާމިޔާބު ކަމާއި އެކު ރެކުން. މިކަމަށް 1.9 ކިލޯގެ ފިއުލް ހޭދަ ވިއެވެ.
24 މާޗް 2015: ޕްލޭން ކުރި މިޝަންގެ މުއްދަތު ހަމަވުން. ހުރިހާ އާލާތް ތަކެއްވެސް ރަނގަޅަށް މަސައްކަތް ކުރަމުން ދެއެވެ.
6-12 ޖޫން 2015: އުޅަނދުގެ މުއާސަލާތީ ގުޅުން ކެނޑިގެން ދިޔުން. މިއީ އިރުގެ ފަހަތަށް މާސް ދިޔުމުން ދިމާވި ކަމެކެވެ. އަލުން އުޅަނދާއި ގުޅުނީ 12 ޖޫން 2015 ގައެވެ.
24 ސެޕްޓެމްބަރ 2018: އުޅަނދު 4 އަހަރު މާސްގެ އޯބިޓްގައި ފުރިހަމަ ކުރުން. މި ހޭދަކުރި މުއްދަތުގައި އުޅަނދުގެ ކުލަ ކެމެރާއިން ވަނީ 980 ފޮޓޯ ދުނިޔެއަށް ފޮނުވާފަ އެވެ. އުޅަނދުގެ ހާލަތު ރަނގަޅެވެ. އަދި ސައިންޓިފިކް އާލާތްތަށް ވެސް ފުރިހަމަ އަށް މަސައްކަތް ކުރަމުން ދެއެވެ.
24 ސެޕްޓެމްބަރ 2019: އުޅަނދު މާސްގެ އޯބިޓް ގައި 5 އަހަރު ފުރިހަމަ ކުރުން. މި ހޭދަކުރި މުއްދަތުގައި ވަނީ 2 ޓެރަބައިޓްގެ ފޮޓޯތަށް ދުނިޔެއަށް ފޮނުވާފައެވެ.
ޓީމް
މި މިޝަން ކުރިއަށް ގެންދިޔުމުގައި ބައިވެރިވި ބައެއް ސައިންސްވެރިންނާއި އިންޖީނިއަރުންނަކީ:
އައި އެސް އާރް އޯގެ ޗެއާމަން ކޭ ރާދަކްރިޝްނަން
މިލްސްވާމީ އަނައްދުރާއި: ޕްރޮގްރާމް ޑިރެކްޓަރު
އެސް ރާމަކްރިޝްނަން: ލޯންޗާ އާއި ލިކުއިޑް ޕްރޮޕަލްޝަން ބެލެހެއްޓުން
މޮމިތާ ދުއްތާ: ޕްރޮޖެކްޓް މެނޭޖަރު