ބިންހެލުން ރެކޯޑު ކުރާ އާލާތް މާސްގެ ބިންގަނޑަށް ޖެހިތާ 10 މަސް ތެރޭގައި 174 މާސްކުއޭކް (ބިންހެލުން) ވަނީ ރިކޯޑު ކޮށްފައެވެ. މިއީ މާސްގެ ބިންގަނޑުގައި އުފެދިފައިވާ އަލިފާން ފަރުބަދަތަކާއި ބިމު އަޑީގައިވާ ލާވާތަށް ހަރަކާތް ކުރާ ކަމުގެ ނިޝާނެކެވެ.
އިންސައިޓް ލޭންޑާ ޑިޒައިން ކޮށްފައި ވަނީ މާސްގެ މޫސުމާއި، ބިންހެލުމާއި، ބިންގަނޑާއި، އަދި މެގްނެޓިކް ބާރާއި ބެހޭ ދިރާސާތަށް ކުރުމަށެވެ. މިއީ ސެއިސްމޮމީޓަރަކާއި، މެގްނިޓޯމީޓަރަކާއި އެކު މާސް އަށް ފޮނުވުނު ފުރަތަމަ އުޅަނދެވެ. ކިއުރިއޯސިޓީ ރޯވާ އާއި ހިލާފަށް އިންސައިޓްގައި ފުރޮޅެއް ނެތުމުން އެއަށް ނޫސްތަކުން ލިބޭ މައްޝޫރުކަން ކުޑަވި ނަމަވެސް، ނުޖޫމީ އިލްމުވެރިން ދެކޭ ގޮތުގައި އެއިން ކުރާ ދިރާސާތަށް ބޭނުން ކޮށްގެން މާސްގެ ބިންގަނޑާއި ބެހޭ ގިނަ މައުލޫމާތު ތަކެއް ލިބިގެން ދާނެއެވެ.
މާސްގެ ބިންގަނޑު ހަރަކާތް ކުރޭ
މިދިޔަ އަހަރުގެ ބަހާރު މޫސުމުގެ ދުވަހެއްގައި، ވައި މަޑުވެ، ތަރިތަށް އުދަރެހަށް އެރިތާ މާގިނަ އިރެއް ނުވަނީސް އިންސައިޓް އިން ބާރުގަދަ ގުޑުމެއް ރިކޯޑު ކުރި އެވެ. އޭގެ 80 މިނިޓް ފަހުން ދެވަނަ ގުޑުމެއް އައެވެ. މި ދެ ބިންހެލުމުގެ ބާރު މިނަކީ 3.0 އާއި 4.0 މެގްނިޓިއުޑް އެވެ. މިއީ ބާރު ގަދަ ބިންހެލުމެކެވެ.
ރީސާޗަރުން މި ޑޭޓާ ބެލުމުން އެނގުނީ މި ބިންހެލުން އައިސްފައި ވަނީ 1609 ކިލޯ މީޓަރު ދުރުގައިވާ އަވަށެއް ކަމަށްވާ ސެބެރަސް ފޮސޭއިން ކަމަށެވެ. އެތަނުގެ ފޮޓޯ ތިރީގައި މިވަނީ އެވެ:
”ފުރަތަމަ ފަހަރަށް މާސް އަކީ ބިންގަނޑު އެކްޓިވް ޕްލެނެޓެއް ކަން އަހަރެމެންނަށް ޔަގީން ވެއްޖެ“ އިންސައިޓްގެ ޕްރިންސިޕަލް އިންވެސްޓިގޭޓަރު ބްރޫސް މީޑިއާ އާއި އެކު ވާހަކަ ދައްކަމުން ބުންޏެވެ. ”އަދި ބިމުގެ ހަރަކާތް ހަނދަށް ވުރެ ގިނަކަމަށް ފާހަނގަ ވެއްޖެ.“
އަހަރެމެންގެ ދުނިޔެއަށް 4.0 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފި ނަމަ އަހަރެމެންގެ ފަޔަށް އިހުސާސް ކުރެވޭނެއެވެ. ނަމަވެސް އެއިން އިމާރާތަކަށް ގެއްލުމެއް ނުލިބޭނެއެވެ.