en
  • ސައިންސް އާއި ޓެކްނޮލޮޖީ
  • ތާރީހް
  • އިގިރޭސި ފަރިތަކުރުން
Kurimagu
  • ސައިންސް އާއި ޓެކްނޮލޮޖީ
  • ތާރީހް
  • އިގިރޭސި ފަރިތަކުރުން
Kurimagu
Home ސައިންސް އާއި ޓެކްނޮލޮޖީ

ނާސާ އިންސައިޓް މިޝަން

ލޯންޗު ކުރި ތާރީހު: 5 މެއި 2018

ލޯންޗު ކުރުމަށް ބޭނުން ކުރި އުޅަނދު: އެޓްލަސް ވީ 401

ލޯންޗު ކުރެވުނު ތަން: ވެންޑެންބާގް އެއާފޯސް ބޭސް، ކެލިފޯނިއާ

މާސް އަށް ޖެއްސި ތާރީހު: 26 ނޮވެމްބަރ 2018 11:59

ދަތުރުގެ ދިގުމިން: 6 މަހާއި 3 ހަފްތާ (205 ދުވަސް)

ޖެއްސި ސަރަހައްދު: އެލީސިއަމް ޕްލަނިޓިއާ، މާސް.

 

 

މިޝަންގެ މަގްސަދު

 

މި މިޝަންގެ މަގްސަދަކީ މާސް އުފެދުނު ގޮތާއި އުފެދިގެން އައި ގޮތް ދިރާސާކޮށް ހޯދުމެވެ. މި ދިރާސާ ކުރުމުގައި މާސްގެ ބޮޑުމިނާއި، ބޯމިނާއި ހަރުމިނާއި ބޭރު ފަށަލަ އާއި މެދު ފަށަލަ (މެންޓްލް) އާއި އެތެރޭ ފަށަލަ (ކޯރ) އާއި މާސްގައި ހޫނު ދަތުރު ކުރާ ގޮތާއި ހޫނު ބޭރުވަމުންދާ ގޮތް ދިރާސާ ކުރަމުން ދާނެއެވެ. މީގެ ސަބަބުން ޕްލެނެޓް ތަށް އުފެދޭ ގޮތް މިހާރަށް ވުރެ ބޮޑަށް އެނގިގެން ދާނެ އެވެ.

 

ޑިޒައިން

 

މި ރޮބަޓް ޑިޒައިން ކޮށްފައި ވަނީ 2008 ގެ ފީނިކްސް ލޭންޑާ އަށް ބަލައިގެންނެވެ. އަދި އެއަށް އިތުރު ކުރިއެރުންތަށް ގެނެސްގެންނެވެ. އިންސައިޓް ހަކަތައިގެ ގޮތުގައި ބޭނުންކުރަނީ ސޯލާ ހަކަތަ އެވެ. މި ހަކަތަ ހޯދުމަށް 7 ފޫޓުގެ ދެ ސޯލާ ޕެނަލް ހަރުކޮށްފައި ވެއެވެ.

 

ކުރެވުނު ދިރާސާ ތަކާއި ހޯދުންތަށް

 

7 ޑިސެމްބަރ 2018 – އިންސައިޓުން ވަނީ މާސްގެ ވައިޖެހޭ އަޑު ރިކޯޑު ކުރުމަށްފަހު ދުނިޔެއަށް ފޮނުވާފައެވެ. (މިއީ މީގެ ކުރިން ދެފަހަރު ކުރި މަސައްކަތް ނާކާމިޔާބު ވުމައްފަހު ކާމިޔާބުވި ފުރަތަމަ ފަހަރެވެ.)

12 ފެބްރުއަރީ 2019 – މާސްގެ ބިމުގައި ސެއިސްމޯމީޓަރު ހަރު ކުރެވި ބިންހެލުމާއި، ބިމުގެ ހަރަކާތުގެ ތަފްސީލާއި ސިގްނަލް ދުނިޔެއަށް ފޮނުވަން ފެށިއެވެ.

ސެޕްޓެމްބަރ 2019 – ކުރިން ނުލިބޭ ގޮތް ނޭގޭ ރޭޑިއޯ ސިގްނަލް ތަކެއް ލިބެން ފެށިއެވެ.

ފެބްރުއަރީ 2020 – މާސްގެ މެގްނެޓިކް ފިލްޑާއި ބެހޭ އިތުރު ހޯދުންތަކެއް ކުރެވުން.

 

މީގެ އިތުރުން މާސްގެ ފިނިހޫނު މިނާއި، ވައިގެ ބާރު މިނާއި އެހެނިހެން މޫސުމާއި ބެހޭ މައުލޫމާތު ކޮންމެ ދުވަހަކު ދުނިޔެއަށް ފޮނުވައެވެ.

އިންސައިޓް އިން ފޮނުވާ މޫސުމާއި ބެހޭ މައުލޫމާތު:

ޕްރޮޖެކްޓުގެ ބައިވެރިން:

 

މި ޕްރޮޖެކްޓަކީ އެކި އިލްމު ތަކާއި ގުޅިފައިވާ ޕްރޮޖެކްޓަކަށް ވުމުން އެކި ދާއިރާ ތަކުގެ އިލްމުވެރިން ބައިވެރި ވެފައި ވެއެވެ. މި ޕްރްޖެކްޓުގެ ބައިވެރިންގެ ތެރޭގައި:

  • ނާސާ
  • ސެންޓާ ނޭޝަނަލް ޑެޓުޑީސް ސްޕާޝިއަލީސް
  • ޖާމަން އެެއިރޯ ސްޕޭސް ސެންޓާ
  • އިޓަލިއަން ސްޕޭސް އެޖެންސީ
  • ޖެޓް ޕްރޮޕަލްސަން ލެބޯޓަރީ
  • ލޮކަހީޑް މާޓިން
  • ޕެރިސް އިންސްޓިޓޫޓް އޮފް އާތު ފިޒިކްސް
  • ސުވިސް ފެޑެރަލް އިންސްޓިޓޫޓް އޮފް ޓެކްނޮލޮޖީ
  • މެކްސް ޕްލެންކް އިންސްޓިޓޫޓް ފޯރ ސޯލާ ސިސްޓަމް ރީސާޗް
  • އޮކްސްފޯޑް ޔުނިވާސިޓީ
  • ސްޕެނިޝް އެސްޓްރޯ ބައިލޮޖީ ސެންޓާ

ޓީމް ގެދަރިން ފޮޓޯ:

 

 

 

 

  • ސައިންސް އާއި ޓެކްނޮލޮޖީ
  • ތާރީހް
  • އިގިރޭސި ފަރިތަކުރުން