ސަން-ޒޫ އަކީ ޗައިނާ ގައި އުޅުނު ވަރުގަދަ މިލިޓަރީ ޖެނެރަލެކެވެ. އޭނާ އުޅެފައި ވަނީ މީލާދީން 544 ބީސީ ގައެވެ. (އެއީ މީގެ 2560 އަހަރު ކުރިންނެވެ.)
މިއީ އޭނާ ލިޔުނު ހަނގުރާމައިގެ ހުނަރާއި ބެހޭ ފޮތެކެވެ. މި ފޮތުގައި ވަނީ ހަނގުރާމަ ރާވައި ކުރިއަށް ގެންދާނެ ގޮތާއި އަދި ހަނގުރާމައިގައި ކާމިޔާބީ ހޯދުމަށް ބޭނުން ކުރާ ގޮތްތަކާއި ބެހޭ އިރުށާދު ތަކެވެ. މިފޮތަކީ ދުނިޔޭގެ މަޝްހޫރު ހަނގުރާމަ ތަކުގައި ޖެނެރަލުން ބޭނުން ކޮއްފައިވާ ފޮތެކެވެ. އަދި މި ފޮތަކީ އެމެރިކާ ގެ މެރީން ކޯޕްސް ގެ ޕްރޮފެށަނަލް ފޮތްކިޔާ ޕޮރޮގްރާމް ގައި ހިމަނާފައިވާ ފޮތެކެވެ.
ހަނގުރާމަ ވެރިންގެ އިތުރަށް މި ފޮތަކީ ވިޔަފާރި ވެރިންނާއި، ކުޅިވަރު ކޯޗުންނާއި ގޭމު ކުޅޭ މީހުންގެ ތެރޭގައި ވެސް މަޝްހޫރު ފޮތެކެވެ. މިގޮތުން ކޯޗް ލިއާމް އޭނަގެ ފުޓުބޯޅަ ޓީމުގެ ތަމްރީނު ތަކުގައި މި ފޮތުން ސިނާރިއޯ ނަގައި ތަމްރީނު ތަށް ކުރިޔަށް ގެންގޮސްފައި ވެއެވެ.
ތިރީގައި މިވަނީ މި ފޮތުގެ ދިވެހި ތަރުޖަމާ ގެ ލިންކެވެ.