އެމިރޭޓްސް މާސް މިޝަން: ހޯޕް އޯބިޓާ
މިއީ ޔޫއޭއީ އިން މާސްގެ ދިރާސާތަށް ކުރުމަށް ފޮނުވާ އުޅަނދެކެވެ. 19 ޖުލައި 2020 ވަނަ ދުވަހު ލޯންޗު ކުރި މި އުޅަނދުގެ ބޭނުމަކީ މާސްގެ ވައިގެ ފަށަލަ އާއި މޫސުމާއި ބެހޭ ދިރާސާތަށް ކުރުމެވެ. މި އުޅަނދު މާސް އަށް ޖައްސާނީ ފެބްރުއަރީ 2021 ގައެވެ.
ޓިއަންވެން 1 އޯބިޓާ
މިއީ ޗައިނާއިން މާސްގެ އޯބިޓަށް ފޮނުވާ އުޅަނދެކެވެ. މި އުޅަނދު ލޯންޗު ކުރީ 23 ޖުލައި 2020 ވަނަ ދުވަހު އެވެ. މި އުޅަނދު މިހާރު މާސްގެ އޯބިޓަށް ވެއްދޭނެ ކަމަށް ބެލެވެނީ 11-24 ފެބްރުއަރީ 2021 ގައެވެ. ޓިއަންވެންގެ މާނަ އަކީ އުޑުތަކާއި ބެހޭ ސުވާލު މިއެވެ. މި ނަން ނަގާފައި ވަނީ މީގެ 2300 އަހަރު ކުރިން އުޅުނު ޅެންވެރިއެއް ކަމަށްވާ ކޫ ޔުއާން ލިޔެފައިވާ ޅެމަކުންނެވެ.
ޓިއަންވެން 1 ރޯވާ/ލޭންޑާ
މިއީ ޗައިނާއިން މާސްގެ ދިރުންތަކާއި ބެހޭ ދިރާސާތަށް ކުރުމަށް ފޮނުވާ މާސް ރޯވާ އެކެވެ. މި އުޅަނދުން މާސްގައި އެއްވެސް ދިރުމެއް ހުރިތޯ ނުވަތަ ހުރެފައި ވޭތޯ ބަލަމުން ގެންދާނެ އެވެ. މި އުޅަނދު ލޯންޗު ކުރީ 23 ޖުލައި 2020 ވަނަ ދުވަހުގައެވެ. މާސް އަށް ޖައްސާނޭ ކަމަށް ބެލެވެނީ 23 އޭޕްރީލް 2021 ވަނަ ދުވަހު އެވެ.
ޕާސިވިއަރެންސް ރޯވާ
މިއީ އެމެރިކާ އިން މާސް އަށް ފޮނުވާ ރޯވާ އެކެވެ. މި އުޅަނދު ލޯންޗު ކުރީ 30 ޖުލައި 2020 ވަނަ ދުވަހު އެވެ. މިއީ އެމެރިކާ އިން މާސްގެ ބިންގަނޑާއި ބިމުގެ ފަށަލަ ތަހުލީލު ކުރުމަށް ފޮނުވާ އުޅަނދެކެވެ. މި އުޅަނދު މާސް އަށް ޖައްސާނެ ކަމަށް ބެލެވެނީ 18 ފެބްރުއަރީ 2021 ވަނަ ދުވަހު އެވެ.
އިންޖެނުއިޓީ ހެލިކޮޕްޓާ
މިއީ ޕާސިވިއަރެންސް ރޯވާ އާއި އެކު މާސް އަށް އެމެރިކާ އިން ފޮނުވާ ހެލިކޮޕްޓަރެކެވެ.